ދިވެހިރާއްޖެ
ހއ ދިއްދޫ ބަނދަރު ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް ތިރީގައި ތަފްޞީލް ދެވިފައިވާ 4 ހުސް ބިން 10 އަހަރު ދުވަހުގެ މުއްދަތަށް، ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ.
1. ކުއްޔަށް ދޫކުރެވޭ ހުސް ބިންތަކުގެ ތަފްޞީލް
ބިމުގެ ނަން |
ޖުމްލަ އަކަފޫޓް |
ބިމުގެ ނަން |
ޖުމްލަ އަކަފޫޓް |
ވައިލެޓް 4 |
1039.50 |
ވައިލެޓް 6 |
1072.50 |
ވައިލެޓް 5 |
1000.50 |
ވައިލެޓް 13 |
1992.38 |
2. ބީލަމާ ގުޅޭ އިތުރު ތަފްޞީލް
ބިޑްފޮތް ވިއްކުން |
4 ޑިސެންބަރ 2019 އިން 15 ޑިސެންބަރ 2019 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނުން ބިޑްފޮތް ލިބެން ހުންނާނެނެވެ. ބިޑް ފޮތެއްގެ އަގަކީ -/25 (ފަންސަވީސް) ރުފިޔާ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
18 ޑިސެންބަރ 2019 ވާ ބުދަ ދުވަހުގެ 11:15 ގައި ހއ. ދިއްދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައި |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
22 ޑިސެންބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:15 ގައި ހއ. ދިއްދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައި |
މި އިޢުލާނުގައި ބުނެފައިވާ ބިންތައް ކުއްޔަށް ދޫކުރުމުގެ ގޮތުން ހއ ދިއްދޫ ކައުންސިލުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށް ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 85 ވަނަ ޢާންމު ބައްދަލުވުމުގައި ފާސްކޮށްފައިވާ "ހއ ދިއްދުއިން 4 ހުސް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލު 2019" ވެސް ޢާންމުކުރީމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބީލަން ހުށަހަޅާ ބައްދަލުވުން ބާއްވާ ތަނުގެ މަޢުލޫމާތު ފަހުން އިޢުލާނުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.