މަސައްކަތް
ނަންބަރު: (IUL)407/407/2019/47
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 12 ޑިސެންބަރު 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނެވެރިންގެ ހިޔާ

ބެލެނެވެރިންގެ ހިޔާ އިމާރާތް ކުރުމާއި ބެހޭ

             މިއިދާރައިން މިރަށުގެ ސުކޫލް ހިމެނޭ ސަރަހައްދުގައި ގާއިމްކުރަން ބޭނުންވާ ބެލެނެވެރިންގެ ހިޔާ އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެ ނަންބަރ IUL)407/407/2019/42) އިއުލާނާ ގުޅިގެން ހުށެހެޅިފައިވާ އެސްޓިމޭޓް މައުލޫމާތް ފުރިހަމަ ނުވުމުގެ ސަބަބުން އެއިއުލާން ބާތިލްކޮށް، އަލުން ބެލެނެވެރިންގެ ހިޔާ އިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރުމަށްފަހު 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން މައުލޫމާތު ސާފް ކުރަން އަންނަ ފަރާތްތަކަށް މައުލޫމާތު ސާފްކުރުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅަން އަންނަ ފަރާތްތަކަށްވެސް އެފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ  ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް އިކްނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަގު ހުށަހަޅާއިރު އަމިއްލަތަކެތީގައި މިމަސައްކަތް ކޮށް ދެއްވާނެ އަގަކާ  އަދި މިއިދާރައިން ތަކެތިދީގެން ކޮށްދެވޭނެ އަގު ވަކިން އިނގޭނެހެން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

1-      ހުށަހަޅާ އަގަށް    %60

2-      ހުށަހަޅާ މުއްދަތަށް  %20

3-      ލިބިފައިވާ މާލީ ތަނަވަސްކަމަށް 

4-      މިފަދަ މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާ އާއި ގާބިލްކަމަށް

    މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                    03 ޑިސެމްބަރ 2019   މ

03 ޑިސެންބަރު 2019