މަސައްކަތް
ނަންބަރު: (IUL)426-AA/426/2019/436
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 09 ޑިސެންބަރު 2019 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތު ކުރުމަށް ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2019/355 އިއުލާނާއި ގުޅިގެން  އެކަށީގެންވާ އަދަދަށް ބީލަން ހުށަހެޅިފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 ޑިސެންބަރު 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 ޑިސެންބަރު 09 ވާ ހޯމަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

 

ބީލަން ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ޑިސެންބަރު 10 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ޑިސެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

 

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޑިސެންބަރު 03ވާ އަންގާރަ ދުވަހުން ފެށިގެން 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެއެވެ.

 

އީމެއިލް:  [email protected]   

 

ކޮޕީ :  [email protected]

 

05 ރަބީޢުލްއާޚިރު 1441 

02 ޑިސެންބަރު 2019