ނީލަން
ނަންބަރު: (IUL)426-CA/426/2019/433
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 11 ޑިސެންބަރު 2019 14:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުމަށް

އިޢުލާން

ޤާނޫނު ނަންބަރު 03/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.22 ވަނަ މާއްދާއާއި ހަވާލާދެއްވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 15 މެއި 2018 ވަނަ ދުވަހު ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، ތަކެތި ބޭނުންވާ އައްޑޫސިޓީގެ ސަރުކާރުގެ އޮފީސްތަކުން 11 ޑިސެމްބަރ 2019 ވާ ބުދަދުވަހުގެ 14:30 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ([email protected]) އަންގަވައި ދެއްވުމުން، ދައުލަތުގެ އޮފީހުން މުދާ ބޭނުންވޭތޯ ޗެކްކުރާ ފޯމް ފޮނުވައިދެވޭނެ ވާހަކަ ދެންނެވީމެވެ.

05 ރަބީޢުލްއާޚިރާ 1441

02 ޑިސެންބަރު 2019