ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IUL/2019/26
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 17 ޑިސެންބަރު 2019 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މަޤާމް:ފައިނޭންސް އޮފިސަރ

މަޤާމުގެ ބާވަތް: ދާއިމީ

އަދަދު:  01

މުސާރަ: 6,295ރ.

ޢިނާޔަތް:    

    ސަރވިސް އެލަވަންސް: 2000ރ

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

     

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފައިސާއާބެހޭ އެންމެހާ ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ އުޞޫލާއި އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުން.
  2. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި އިންވެންޓްރީއާއި ، ފޯމެޓްތައް ތައްޔާރުކުރުން.
  3.  ކޮންމެ މަހެއްގެވެސް 5 ވަނަ ދުވަހުގެ ކުރީން ހުރިހާ އެކައުންޓް ތަކެއްގެ ޚަރަދު ރިޕޯރޓާއި، ތިޖޫރީ ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް އަދި އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  4. މެންބަރުންނާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ދުވަހުން ދުވަހަށް ޙަރަދުތައް ބަޖެޓް ރިޕޯޓަށް އަޕްޑޭޓްކޮށް ބަޖެޓް ބާކީ ބެލެހެއްޓުން.
  6. ޓްރައިބިއުނަލަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކުގެ ބިލްތައް ލިބޭދުވަހު ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސެޕް ސިސްޓަމްއަށް އެޅުމަށްފަހު ޕޯސްޓްކުރުމަށް ހަވާލުކުރުން.
  7. ޓްރައިބިއުނަލްގެ ހިސާބުތައް މާލީޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  8. މާލީޒިންމާދާރު ވެރިޔާގެ ލަފާގެ މަތީން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  9. އާމްދަނީ ފައިސާ ބެލެހެއްޓުމާއި ޖަމާކުރުން.
  10. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން.
  11. ތިޖޫރި ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ގޮތެއްގެމަތިން ތިޖޫރި ރިޕޯޓް ހަދާ ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން.
  12. ފައިނޭންޝަލް ޕްލޭން ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކުރުރާސްތާ، މެދުރާސްތާ އަދި ދުރު ރާސްތާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  13. ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭކަންތައްތައް ދެނެގަތުން.
  14. ބަޖެޓަށް ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭކަން ޔަޤީން ކުރުން.
  15. ޓްރައިބިއުނަލްގެ ފައިނޭންޝަލް ސިސްޓަމެއް ޤާއިމްކުރުމަށް ބޭނުންވާ ޕޮލިސީއާއި ޕޮރޮސީޖަރތައް ލިޔުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  16. މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީޒިންމާދާރު ވެރިޔާއަށް އެހީތެރިވެދިނުން.
  17. ޓްރައިބިއުނަލްގެ މާލީ ހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓަށް ފަހު ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  18. ކްރެޑިޓް ސްކީމްއާއި އޮފީސް މެދުވެރިކޮށް މުވައްޒަފުން ނަގާ ލޯނާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތަކާގުޅޭ ރިކޯޑް ބަލަހައްޓާ އަދި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތުކުރުން.

 

ފެންވަރު ނުވަތަ ޝަރުތު: 1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސްލިބިފައިވުން، ނުވަތަ

                  2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

                  މީގެ އިތުރުން މި މަޤާމަށް މީހަކު ނެގުމުގައި ޕަބްލިކް ފައިނޭންސް ސިސްޓަމަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 

މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

                   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ  13:30ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

 

  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2019