ދިވެހިރާއްޖެ
އިޢުލާން
ލޮނުޒިޔާރަތްކޮޅު ޕާރކްގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
ލޮނުޒިޔާރަތްކޮޅު ޕާރކްގައި ތިރީގައި މިދަންނަވާ ތަކެއްޗާއި ތަންތަން އަމިއްލަތަކެތީގައި ހަދަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.
1 ޕޮންޑްބްރިޖް
1 ލައިފްގާރޑް ހަޓް
3 ކެނޮޕީއެންޓްރެންސް
3 ހަޓް
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑް ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މާފަންނު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
08 ޑިސެމްބަރ 2019 |
13:00 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާފަންނު އޮފީސް/ކަނބާއައިސާރަނި ހިނގުން |
ބިޑް ހުށަހެޅުން |
11 ޑިސެމްބަރ 2019 |
13:00 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާފަންނު އޮފީސް/ ކަނބާއައިސާރަނި ހިނގުން |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.
05 ރަބީޢުލްއާޙިރް 1441