ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)322-M/322/2019/107
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 09 ޑިސެންބަރު 2019 14:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މިކައުންސިލުން ޒޯން ލައިސަންސް (ސީޒޯން ފޮތް) ދޫކުރުމަށް ބޭނުންވާތީވެ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. މިއިމްތިހާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ފިރިހެން އެގްޒަމިނަރުން:  (ބޭނުންވާ ޢަދަދު: 01 )

ޝަރުތު

-          ދަށްވެގެން AA1B1B2C1C1 ގިންތީގެ ލައިސަންސް އޮތުން.

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކުކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަގަނޅު ޞިއްހަތެއްގައި ހުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

  • Ø      އުޖޫރަ

ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން (ފަރާތްތަކުން) 09 ޑިސެމްބަރ 2019 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2019