ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-48/1/2019/26
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 11 ޑިސެންބަރު 2019 14:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ސްޕެޝަލް އެޑިއުކޭޝަން)

މަޤާމު

ސްޕެޝަލައިޒޭޝަން

ބޭނުންވާ ޢަދަދު

މަޤާމުގެ ނަމްބަރ

ޓީޗަރ  

ސްޕެޝަލް އެޑިއުކޭޝަން

1

 -

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން:

ސްކޫލް ޓީޗަރސް

ސެކްޝަން:

އެކަޑަމިކް

މަޤާމު އޮތް އޮފީސް:

މުޙައްމަދު ޖަމާލުއްދީން ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުޙައްމަދު ޖަމާލުއްދީން ސްކޫލް

މަޤާމުގެ ގިންތި: ވަގުތީ

މުއްދަތު:    އެކަޑަމިކް އަހަރު ނިމެންދެން

އުޖޫރަ:    ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00ރ

2500.00ރ

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.


މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކޮންމެ މަހަކު 1 ފަހަރު ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކްލާހުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންގެ އައިއީޕީ ތައްޔާރުކުރުން.

2- ދަރިވަރުންގެ އައިއީޕީއާއި އެއްގޮތަށް ކިޔަވައިދިނުން.

3- ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި ގުޅޭގޮތުން ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ތަކެތި ތައްޔާރުކުރުން.

4- ދުވަހުން ދުވަހަށް ދަރިވަރުންގެ ރެކޯޑްސްތައް ބަލަހައްޓައި ބެލެނިވެރިންނަށް ދުވަހުން ދުވަހަށް ދަރިވަރާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

5- ޓީޗަރުންނަށް ޙާޟިރު ނުވެވުމުގެ ސަބަބުން ސްކޫލްގެ ފަރާތުން ޙަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.

6- ލެސަންޕްލޭނާއި ކިޔަވައިދިނުމުގެ އެހީ ދުވަހުން ދުވަހަށް ސްޕަވައިޒަރަށް ދެއްކުން.

- ކްލާސްގަޑީގައްޔާއި އެހެން ސްކޫލްގަޑިތަކުގައި އަދި ސްކޫލުން ބޭރުގައިވެސް ކުދިންގެ އަޚްލާގަށް ސަމާލުކަން ދިނުމާއި ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިން ހޭލުންތެރިކުރެވޭނެ ގޮތެއްގެ މަތިން ތަރުބިއްޔަތުކުރުން. ދިމާވާ އަޚްލާޤީ މައްސަލަތައް ކުދިންނާއި ވާހަކަދައްކައިގެން ޙައްލުކުރުން. މިގޮތަށް ޙާއްލުނުވެއްޖެނަމަ ބެލެނިވެރިންނާއި ވާހަކަދެއްކުން. ބެލެނިރިންނާއި ވާހަކަދައްކައިގެން ޙައްލުނުވާ ކަންތައްތައް ރިކޯޑްތަކާއިއެކު ސްޕަވައިޒަރަށް ހުށަހެޅުން.  އަދި މިފަދަ މައްސަލަތައް އަންގަންޖެހޭ ފަރާތްނޫން އެހެން ފަރާތަކަށް ނޭންގުން.

8- ކްލާސް ރެކޯޑާއި ކްލާސް ޙާޟިރީއާއި ދަރިވަރުންގެ ތަފާތު ރެކޯޑްތައް ބެލެހެއްޓުމާއި ކްލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ބާރުއަޅައި ކްލާސް ސާފުކުރުވުން.

9- ކަރިކިއުލަރ އަދި ކޯކަރިކިއުލަރ ޙަރަކާތްތައް ރާވައި ހިންގުން.

10- ބައްދަލުވުންތަކާއި ކުދިން ޙާޟިރުވާ އެހެނިހެން ކަންތައްތަކަށް ކުދިން ޙާޟިރުވުމުގެ 10 މިނިޓް ކުރިން ޙާޟިރުވުން.

11- ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރާނެގޮތް ބެލެނިވެރިންނަށް ރާވައިދިނުމާއިއެކު އެކަންތައް މޮނިޓަރކުރުން.

12- ކިޔަވައިދިނުން ނުވަތަ ކިޔަވައިދިނުމުގެ އިތުރަށް ސްކޫލްގައި ހިންގާ އެހެނިހެން ކަންތައްތަކަށާއި ކޯޑިނޭޝަން ބައްދަލުވުންތަކާއި މިނޫން ބައްދަލުވުންތަކަށް ކަނޑައެޅޭ ގަޑިތަކަށް ޙާޟިރުވުން.

13- އެކިއެކި ކަންކަމާއި ބެހޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި ސްކޫލުން ހަދާ އަދި ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުކުރުމާއިއެކު ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.

14- ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން.

15- ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުގަންނައިދިނުން.

16- ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

17-ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތަށް ޙާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލީޤީ އާދަތަށް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

18- ސްކޫލްގައި ހިންގާ ކުލަބް ޙަރަކާތްތައް ހިންގުން.

19- ބެލެނިވެރިންނާއި މުވައްޒަފުން މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނުގެއްލޭގޮތަށް އެފަރާތްތަކާއި މުޢާމަލާތުކުރުން. އަދި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

20- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.   

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓް ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ (14:00)ގެ ކުރިން، މުޙައްމަދު ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރާނީ  [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 12 ޑިސެންބަރު 2019 އާއި 19 ޑިސެންބަރު 2019 އާއި ދެމެދު މުޙައްމަދު ޖަމާލުއްދީން ސްކޫލްގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6860003 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected]  އަށެވެ.

02 ޑިސެންބަރު 2019