ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ތިރީގައި ބަޔާންކޮށްފައިއެވާ އެކައުންޓިންގ އޮންލައިން ސޮފްޓްވެއަރ ވިއްކާ އެއް އަހަރު ދުވަހުގެ މުއްދަތަށް ސަޕޯޓްސަރވިސް ދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަތީގައި ދަންނަވާފައި އެވާ ޚިދުމަތް މި ކޯޕަރޭޝަނަށް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ، އަދި ކުއިކްބުކްސް އޮތޮރައިޒްޑް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިކޯޕަރޭޝަން ( ޔޫތު އެކަމަޑޭޝަން ބޮލޮކްގެ ފުރަތަމަ ފަންގިފިލާ ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާޒީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.
1- ސޮފްޓްވެއަރ: ކުއިކް ބުކްސް (އެންޓަރޕްރައިސަސް)
2- ޢަދަދު: 04 ޔޫޒާސް
3- ލައިސަންސްގެ މުއްދަތު: މީލާދީ 01 އަހަރު
މި މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ ކަންތައްތައް:
1- ހުށަހަޅާ އަގަށް: %80
2- ތަޖުރިބާއާއި، މާލީ ޤާބިލްކަމަށް: %20
މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގައި މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމަށް ދެންނެވީމެވެ.
އަންދާޒީ ހިސާބު ހުށަހެޅުމާއި ގުޅޭ:
1- އަންދާޒީ ހިސާބު ހުށަހެޅުމާއި، އަންދާޒީ ހިސާބުތައް ކެނޑުން: 09 ޑިސެމްބަރ 2019 (11:00)
2- އަންދާޒީ ހިސާބު ހުށަހެޅި ފަރާތްތަކާއި، އަގުތައް ޙިއްސާކުރުން: 09 ޑިސެމްބަރ 2019 (11:00)
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 09 ޑިސެމްބަރ 2019ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާޒީ ހިސާބު ހިއްޕަވައިގެން މި އޮފީހަށް ޙާޟިރުވެ ވަޑައިގެން ދެއްވުން އެދި އަޢުވަތު އަރުވަމެވެ.