ދިވެހިރާއްޖެ
ނަންބަރ:GS135/IUL/2019/26
2020 ވަނަ އަހަރަށް ސްކޫލު ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ނަންނޯޓް ކުރެއްވީ އެންމެ ފަރާތަކުން ކަމަށްވާތީ އެކަމާ ގުޅިގެން ކުރެވުނު GS135/IUL/2019/23އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ .
- ސްކޫލް ހޯލްގެ ސީލިންގް މަރާމާތުކުރުން
- ގުރޭޑް 9 ގެ ކުލާސްރޫމްގެ ދެފަރާތުގެ ދިޔަދޮވި ބަދަލުކުރުން
މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށައަޅުއްވަން އެދޭ ފަރާތްތަކުން، 2019ޑިސެމްބަރު 3 ން 2019 ޑިސެމްބަރ 9 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހު 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޑިސެމްބަރު 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވަނަ ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބ.މާޅޮހު ސްކޫލް
ބ.މާޅޮސް / ދިވެހިރާއްޖެ
ފޯން: 6600020
އީ-މެއިލް: [email protected]