ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2019/6
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 10 ޑިސެންބަރު 2019 00:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

ވަޒީފާގެ ފުރުޞަތު

މަޤާމް:                       ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:                 2 (ދޭއް)

އޮފީސް:                      އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާ

ޔުނިޓް:                       ހިމަންދޫ ކޮމިޔުނިޓީ ޕްރީސްކޫލް

މަޤާމުގެ ގިންތި:                 ވަގުތީ

މަސައްކަތް ހަމަޖެހިފައިވާތަން:        ހިމަންދޫ ކޮމިޔުނިޓީ ޕްރީސްކޫލް

ރަށް:                         އއ. ހިމަންދޫ

މުއްދަތު:                      1 ޖަނަވަރީ 2020 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް  

މަޤާމު

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ (ރުފިޔާ)

ޕްރީ ސްކޫލް ޓީޗަރ

ޕްރީސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ބީ" ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއި އެކު 4 އަހަރު ދުވަހު މިދާއިރާގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމުގައި ވުން.

 

4000.00

 

 

އެލަވަންސް :

 

 

1000.00

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  1. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާސިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  2. ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް).
  3. ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން).
  4. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން.
  5. ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުން ފިލާފައި ހުރުން.
  6. ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު  ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
  7. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
  8. ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
  9. ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
  10. މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  11. ހަމަހަމަގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން.
  12. ޕްރީސްކޫލް ކްލާސްރޫމް ތެރެ އަދި ގޯތިތެރެ މަސައްކަތު މީހުނާއި ގުޅިގެން ސާފްކޮށް ބެލެހެއްޓުން.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން: 6660061

 ފެކްސް: 6660061

އިންޓަރވިއު އޮންނާނެ ގަޑި:

             މިމަޤާމަށް މީހަކު ނެގުން އޮންނާނީ އިންޓަރވިއު  ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 16 ޑިސެމްބަރ 2019 އާއި 20 ޑިސެމްބަރ 2019 އާއި ދެމެދުގައި ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

ސުންގަޑި:ޝަރުތު ހަމަވާ މީހުން 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އއ.ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ކައުންސިލް އިދާރާއިން އަދި ސިވިލްސަރިވސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mvއިން ލިބެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).

 

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2019