ދިވެހިރާއްޖެ
މިމިނިސްޓްރީން ރާވާ އިންތިޒާމް ކޮށްގެން ބާއްވާ 34 ވަނަ ގަވަރނިން ކައުންސިލް ބައްދަލުވުން ބޭއްވުމަށް ތިރީގައި މައުލޫމާތު ދެވިފައިވާ ގޮތަށް ހޯލެއް ހިފުމަށް ބޭނުންވެއެވެ.
ތާރީހް |
އަދަދު |
ތަފްސީލް |
ޑިސެމްބަރ 16،17،19 |
30 މީހުން |
ހެނދުނު ނާސްތާ (ސައި/ކޮފީ 3 ވައްތަރުގެ ހެދިކާ އާއިއެކު) |
ޑިސެމްބަރ 16،17،19 |
30 މީހުން |
މެންދުރު ކެއުން |
ޑިސެމްބަރ 16،17 |
30 މީހުން |
ހަވީރު ސައި (ސައި/ކޮފީ 3 ވައްތަރުގެ ހެދިކާ އާއިއެކު) |
ޑިސެމްބަރ 16،17،19 |
30 މީހުން |
ފެންފުޅި (ކޮންމެ މީހަކަށް 2 ފުޅި) |
- ބައްދަލުވުމުގެ ލައިޓިންގ އަދި ސައުންޑް ހަމަޖެއްސުން
- ހޯލްގައި ލެޕްޓޮޕް، ސްކްރީން އާއި އެކު ޕްރޮޖެކްޓަރ، ސައުންޑް ސީސްޓަމް، 02 ކޯޑްލެސް މައިކް، އަދި ވައިފައި ހުންނަން ވާނެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 2 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 90 )
- ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 10 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
- ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
- ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
- އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339213، 3339211 އަދި 3339205 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.