ދިވެހިރާއްޖެ
އދ. ދަންގެތީ ޞިއްޙީމަރުކަޒުގެ ފާޚާނާގެ ނަރުދަމާނިޒާމް ރަނގަޅުކުރުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ދަންގެތީ ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ. އަތަޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 11.30 ގައި ޕްރީބިޑް ސެޝަންއެއް އދ. ދަންގެތީ ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި އދ. ދަންގެތީ ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލު ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 11.30 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.