ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)401-C/401/2019/70
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 04 ޑިސެންބަރު 2019 12:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުތަކަށް ޕްލޭސެޓާއި ގޮނޑި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

އަލަށް ހެދުމަށް ހަމަޖެހިފައިވާ 02 ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޕްލޭސެޓް ގަންނަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2019/54އިއުލާންގައިވާ ތަކެތީގެ ޢަދަދަށް ބަދަލު ގެންނަން ބޭނުންވާތީ، އެއިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދިނުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ގަނެގެން ރަށަށް ގެނެސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަންފޮތް ގަންނަން ލިބޭނީ 27 ނޮވެމްބަރ 2019 އިން 04 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މި އިދާރާއިންނެވެ. ބީލަން ފޮތުގެ އަގަކީ -/150ރ (އެއްސަތޭކަ ފަންސާސްރުފިޔާ) އެވެ.

މަޢުލޫމާތު ސާފުކުރުން

04 ޑިސެމްބަރ 2019 (ބުދަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ. ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަން ފޮތް ބައްލަވާގެންފައިވާ ފަރާތްތަކަށެވެ.

 

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 10 ޑިސެމްބަރ 2019 (އަންގާރަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.         

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

27 ނޮވެންބަރު 2019