ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285/285/2019/45
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 12 ޑިސެންބަރު 2019 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލުން ހިންގަމުން އަންނަ ޕްރީ ސްކޫލް އަށް ޓީޗަރުން ހޯދުމާބެހޭ

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރީސްކޫލް ޓީޗަރ  

އަދަދު

2

މަގާމްގެ ގިންތި:

11 މަސް ދުވަހަށް  (ވަގުތީ)  

ވަޒީފާ އަދާކުރަންޖެހޭ ތަން

ހެނބަދޫ ޕްރީސްކޫލް

މުސާރަ:

2000.00 މަހަކު

އިތުރު އިނާޔަތްތައް:

-          ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރީސްކޫލުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންމެއްކުރުމާއިއެކު ދަރިވަރުންނަށް ކިޔަވައިދިނުން
  2. ޕްރީސްކޫލްގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  3. ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުގަންނައިދިނުން.
  4. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  5. ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހަޢުލެއްކަން ކަށަވަރުކުރުން.

                                                                                                              

 

ޝަރުތު:

1-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން

ނުވަތަ

2. ޕްރީސްކޫލް ޓީޗިން ދާއިރާއިން ސެޓުފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

(%) އިންސައްތަ

ދެވޭނެ އެންމެމަތީ މާކްސް

ބެލޭނެ ބައިތައް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

 

ތަޢުލީމާއި ތަމްރީނު

12.5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

15

35

ވަޒީފާއާގުޅޭ ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާ

4

10

އެހެނިހެން ތަޖުރިބާ

43

100

އިންޓަވިއު

ލިބިފައިވާ ހުނަރު

100

235

ޖުމްލަ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން12 ޑިސެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދޭފޯމާއެކު ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ލިޔުންތަށް ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް އެދިހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް  މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 15 ޑިސެންބަރ 2019 އާއި 26 ޑިސެންބަރ 2019 އާއިދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމް
  2. ތަޢުލީމާއި ތަޖުރިބާއާއި ގުޅޭކަން އަންގައިދޭ ލިޔުން
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

 

                                   ހުސައިން އަބޫބަކުރު

                                                   ހެނބަދޫ ކައުންސިލްގެ ނައިބް ރައީސް

01 ޑިސެންބަރު 2019