ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީގެ މަރަދޫ އަވަށު ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު:IUL)426-AA/426/2019/378) އިޢުލާން ބާތިލްކޮށް މި މަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 ޑިސެންބަރު 01 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2019 ޑިސެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީހުގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޑިސެންބަރު 02 ވާ ހޯމަ ދުވަހުން ފެށިގެން 2019 ޑިސެންބަރު 08 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 ޑިސެންބަރު 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
01 ޖުމާދަލްއާޚިރާ 1441