ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2019/80
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 05 ޑިސެންބަރު 2019 13:30
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނި (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މި އިދާރާއިން ތަކެތި ދިނުމުން ދުވަހުމުސާރައަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

c

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ                     

      ރ. ދުވާފަރު، ދިވެހިރާއްޖެ                                ނަމްބަރ: (IUL)304-EDS/304/2019/80

 

އިޢުލާނު

ނަމްބަރ: (IUL)304-EDS/304/2019/80

ތާރީޚް: 01 ޑިސެމްބަރ 2019

ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީ (ދުވާފަރު ދިރުން) ގައި ކުރަންހުރި ބައެއް މަރާމާތު މި އިދާރާއިން ތަކެތި ދިނުމުން ދުވަހު މުސާރައަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

                    ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނީގައި ކުރަންހުރި ބައެއް މަރާމާތުތައް މި އިދާރާއިން މަރާމާތައް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ދުވަހު މުސާރައަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

05 ޑިސެމްބަރ 2019

ބުރާސްފަތި

މެންދުރު 13:30

ބިޑް ހުށަހެޅުން

09 ޑިސެމްބަރ 2019

ހޯމަ

މެންދުރު 13:30

                   މިކަމަށް އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ނުގެންނެވި ނަމަވެސް، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައިނަމަ، ބަދަލުގައިކަން އެނގޭނޭ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. ކުންފުންޏަކުންނަމަ ކުނފުނީގެ ލެޓަރހެޑް ގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭ ގޮތަށް ލިޔުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ދުވަހަކަށްޖެހޭ އަގު:  %65  (މީހުންނާއި ސާމާނަށް ޖެހޭ އަގު އެއްކޮށް)
  • މަސައްކަތުގެ ތަޖުރިބާ: 
  • މުއްދަތު:  %25

                  ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މި މަސައްކަތާއި ގުޅޭ ދާއިރާއަކުން، މަސައްކަތް ކޮށްފައިވާ ތަނަކުން އެތާނގެ ލެޓަރ ހެޑުގައި ލިޔެ އެތާނގެ ތައްގަނޑު ޖަހާ ވެރިއަކު ސޮއިކޮށްފައިވާ ލިޔުން ހުށަހެޅުމުންނެވެ. ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެކުރިން ކޮށްފައިވާ މި އިދާރާގެ ނަމްބަރު: (IUL)304-EDS/304/2019/60 (23 އޮކްޓޯބަރ 2019) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނުވަނީ ބާޠިލް ކުރެވިފައެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                   04 ރަބީޢުލްއާޚިރު 1441

                   01 ޑިސެމްބަރ 2019

 

                                                          އިބުރާހީމް ނަޞީރު

                                                    ރ. ދުވާފަރު ކައުންސިލްގެ ރައީސް

 

 

 

01 ޑިސެންބަރު 2019