ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ފުވައްމުލަކު ސިޓީ، ފުނާޑު ހާންޖެއެޅެ ސަރަޙައްދުގައި ހެދުމަށް ހަމަޖެހިފައިވާ ބާބަކިއު އޭރިއާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގައި ބަލާނީ ބީލަން ފޮތުގައިވާ ކަންތައްތަކަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރައްވަންޖެހިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީ ކުރެއްވޭނީ 01 ޑިސެންބަރު 2019 އިން 10 ޑިސެންބަރު 2019 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.
4. ރަޖިސްޓްރީކުރެއްވުމުން ބީލަންފޮތް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ.
5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
6. ބީލަން ހުޅުވުން އޮންނާނީ 17 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829، 6862828، 6862830
އީމެއިލް: [email protected]