ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވީ.އައި.އޭގެ ހުޅަނގުފަރާތުގައި ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ ހުޅަނގުފަރާތުގައި، މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް ޢުމްރާނީ މަސައްކަތްތަކެއް (ކަރަންޓު/ފެންހޮޅި ވަޅުލުން، ފައުންޑޭޝަން، ޓްރެންޗިން، ކަރަންޓު ސަބްސްޓޭޝަންގެ މަސައްކަތްތައް އަދި އެފަދަ އެހެނިހެން މަސައްކަތްތައް) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޑިސެންބަރު 05 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ކުރިން، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2019 ޑިސެންބަރު 10 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި އޮންނާނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޑިސެންބަރު 19 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ޑިސެންބަރު 19 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.