ދިވެހިރާއްޖެ
އިޢުލާން
މަޑަވެލި ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ:IUL)416-ESMSPR/416/2019/104) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، 2 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ
މަޑަވެލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ރަށުގެ އެކިތަންތަނުން (ގޭބީސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކާއި، އެހެނިހެން ތަންތަނުން) ކުނިނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް، ކުނިމެނޭޖްކުރުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
11:00 |
ބުރާސްފަތި |
05 ޑިސެންބަރ 2019 |
މަޢުލޫމާތު ދިނުން |
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
11:00 |
އަންގާރަ |
10 ޑިސެންބަރ 2019 |
ބީލަން ހުށަހެޅުން |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.