މަސައްކަތް
ނަންބަރު: GS-131/IUL/2019/24
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 09 ޑިސެންބަރު 2019 10:00
ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ކިހާދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުން

ކިހާދޫ ސްކޫލް

ބ.ކިހާދު ، ދިވެހިރާއްޖެ            

                                       

ނަންބަރ: GS-131/IUL/2019/024

އިޢުލާން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

         މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ އިއުލާނާއި (GS-131/IUL/2019/019 ، 25/11/2019)  ގުޅިގެން މައުލޫމާތު ސާފުކުރަން ހާޟިރުވެފައިވަނީ އެންމެފަރާތަކުން ކަމުގައިވާތީވެ، އެއިއުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެންބަރ 03 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޑިސެންބަރ 09 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

        ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

01 ރަބީޢުލްއާޚިރު 1441

28 ނޮވެންބަރ 2019

28 ނޮވެންބަރު 2019