ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސްކޫލުގެ ނަންބަރު GS93/I/2019/36 ( 20 ނޮވެމްބަރ 2019 ) އިޢުލާނަށް އެކަށީގެންވާވަރަށް މަޢުލޫމާތު ސާފްކުރަން ވަޑައިގެންފައިނުވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ. މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1. ކުލާސްތަކުގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން
2. ހޯލް ޢިމާރާތުގެ ޕާރޓިޝަން ބަދަލުކުރުން
3. ސްކޫލް ޢިމާރާތްތަކުގައި ކުލަލުން
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޑިސެންބަރު 09 ވާ ހޯމަ ދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުންފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތްތަކަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރާގެ ބޭރުގައި " ހދ.ނެއްލައިދޫ ސްކޫލުގެ ބައެއް މަރާމާތުތައް ކުރުން" މިހެންލިޔެފައި އޮންނަންވާނެއެވެ. އަަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.
01 ރަބީޢުލްއާޚިރު 1441
28 ނޮވެމްބަރ 2019