ޢާންމު މަޢުލޫމާތު
ނަންބަރު: 153-FA/2019/10
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 09 ޑިސެންބަރު 2019 00:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މި ފެކަލްޓީގައި ހިންގުމަށް ގަސްތު ކުރާ ބައެއް ކޯސްތަކުގެ ބައެއް މާއްދާތައް އެކުލަވައިލުން

މި އިޢުލާންވަނީ 28 ނޮވެންބަރު 2019 13:04 ގައި ބާތިލް ކުރެވިފައެވެ.


ފެކަލްޓީ އޮފް އާޓްސް

ފަޅުމަތީ މަގު، މައްޗަންގޮޅި

މާލެ، ދިވެހިރާއްޖެ     

ފޯން:3345177(960)

ފެކްސް:3306075(960)

mnu.edu.mv. www

                                                               ނަންބަރ: 153-FA/2019/10

 

މި ފެކަލްޓީގައި ހިންގުމަށް ގަސްތު ކުރާ ބައެއް ކޯސްތަކުގެ ބައެއް މާއްދާތައްއެކުލަވައިލުން

    

މި ފެކަލްޓީން ފެށުމަށް ގަސްތުކުރާ ތިރީގައި ދަންނަވާފައިވާ ކޯސްތަކުގެ ތިރީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިންތައް އެކުލަވައިލުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ އައުޓް ލައިނަކަށް -/7،500 ރުފިޔާއެވެ. މިމަސައްކަތަށް ބޭނުންވަނީ ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ކަމާގުޅޭ ތަޖުރިބާ ޙާސިލް ކުރައްވާފައިވާ ފަރާތްތަކެވެ.

Course

Modules

Bachelor of arts in Governance and Development

  1. Media and Public Relations
  2. Integrated Municipal Services
  3. Leadership in Governance
 
 

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި އެވާ ގަޑިއަށް މި ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ގަޑިއަށް ސީ.ވީ އާ އެކު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފު ކުރެއްވުމަށް

 03 ޑިސެންބަރު 2019

 10:30

އަންދާސީ ހިސާބު ހުށަހެޅުއްވުން

 09 ޑިސެންބަރު 2019

 10:30

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345292 ނަންބަރާ ގުޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2019