މަސައްކަތް
ނަންބަރު: GS69/BUDGET/2019/009
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 03 ޑިސެންބަރު 2019 14:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ތިންވަނަ ފަންގިފިލާގެ ސީލިގް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލްގެ ތިންވަނަ ފަންގިފިލާގެ ސީލިންގް މަރާމާތް ކޮށްދޭނެ ފަރާތެއްހޯދުމަށް ކުރި އިއުލާން ނަންބަރު GS69/BUDGET/2019/006       އާއިގުޅިގެން ކުރިމަތިލީ އެންމެފަރާތެއްކަމުގައިވާތީ، އެ ޢިއުލާން ބާތިލްކޮށް ،އަލުން އިއުލާން ކުރަމެވެ.

2- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ނޮވެމްބަރ 28 ން 2019 ޑިސެމްބަރ03 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

5- މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2019ޑިސެމްބަރ 04 ވަނަ ދުވަހުގެ 13:00 ގައި  މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރ 09 ވަނަ ދުވަހުގެ 10:30 ގައި މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

7- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަންދޫ ސްކޫލު

 ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

 ފޯން : 7747677

މެއިލް އެޑްރެސް: [email protected]

28 ނޮވެންބަރު 2019