ދިވެހިރާއްޖެ
2020 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމެވެ. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ނޮވެމްބަރ 2019 އިން 02 ޑިސެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ޑިސެމްބަރ 2019 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށައެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ވިޔަފާރިއެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާނަމަ، އަންދާސީ ހިސާބު ހުށައަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
ވީމާ ކޮންޓްރެކްޓް އުޞޫލުން މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް މިސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ތާރީޚާއި ގަޑި |
ތަފްޞީލް |
05 ޑިސެމްބަރު 2019 (ބުރާސްފަތި) 10:30 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
10 ޑިސެމްބަރު 2019 (އަންގާރަ) 10:30 |
އަންދާސީ ހިސާބު ހުށައެޅުން |