ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޔުނީފޯމް ފަރުމާކޮށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ އޮފީސް ޔުނީފޯމް ފަރުމާކޮށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާބެހޭ މަޢުލޫމާތު ދިނުން
05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި، ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން، މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ކަރުދާސް ހުޅުވުން
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނެޓް (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި، ބީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އެޑްރެސް: |
މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ |
ފޯނު ނަންބަރު: |
3011000 |
މުޢާމަލާތު ކުރަންޖެހޭ ފަރާތް: |
އާމިނަތު ޝަފާނާޒު |
އީ-މެއިލް: |