ދިވެހިރާއްޖެ
އިޢުލާން
ޅ.އަތޮޅާއި ބ.އަތޮޅަށް ބޭނުންވާ މެޑިކަލް އިންސްޓްރުމެންޓްސް އަދި މެޝިނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2019/399 ) (އޮކްޓޯބަރ 21 2019) އިއުލާނާއި ގުޅިގެން ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ޓެކްނިކަލް އިވެލުއޭޝަންއަށް ނުފެތޭތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.