ދިވެހިރާއްޖެ
ނެޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގެ ދަށުން ކޮންސްޓްރަކްޝަން ކުންފުނިތައް ރަޖިސްޓަރީކުރުމާގުޅޭގޮތުން މި މިނިސްޓްރީން ކުރި ނަންބަރު: (IUL)138-ES1/138/2014/3 (23 ޖަނަވަރީ 2014)ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މާލިއްޔަތުގެ ގަވާއިދުގެ، ދަޢުލަތުގެ ޕުރޮކިޔުމަންޓާބެހޭ ބާބުގެ 3 ވަނަ ބައިގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ވަނީ އަންގަވާފައެވެ.
ވީމާ، 1 ފެބުރުވަރީ 2014 އިން ފެށިގެން ކޮންސްޓްރަކްޝަން ކުންފުނިތައް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް މި މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. އަދި 1 އެޕްރީލް 2014 އިން ފެށިގެން ސަރުކާރުގެ މަސައްކަތްތަކުގައި ކުރިމަތިލެވޭނީ މި މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.
މި ގައިޑް ލައިން އަދި ކޮންޓްރެކްޓަރުން ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މިކަމާގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން އެދޭނަމަ 3004304/ 3004307 ނަންބަރުން މަޢުލޫމާތު ލިބޭނޭ ވާހަކަ ދަންނަވަމެވެ.
12 ޖުމާދަލްއޫލާ 1435