ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2019/65
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 10 ޑިސެންބަރު 2019 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

 

             މި ރަށު ތުނޑީ އަވަށު ބޯޅަދަނޑުގެ ހުޅަނގުން، ވުނަދާނަ ހިނގުމާއި، ކަޅައިދޫ ހިނގުމާއި ދެމެދު، ނައިބުކަލޭގެ ހިނގުމުގެ އިރަށް، އޮންނަ ބިމުގައި ހުރި ރުއްގަހުގެ ތެރެއިން މި އިދާރާއިން A-01 ން A-100 ށް، B-01 ން B-100 ށް، C-01 ން C-28 ށް، ނަންބަރު ޖަހާފައިވާ އެކިވަރުގެ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މަތީގައި ދަންނަވާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން މި އިދާރާއަށް ދުރުވެ، ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ، ފުރިހަމަ ކުރެއްވުމަށް ފަހު، 10 ޑިސެމްބަރ 2019 ވާ އަންގާރަ  ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30 ށް ލިބެން ހުންނާނެއެވެ. ނަންބަރު ޖަހާފައި ނެތް ކުދި  ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް އެ ރުއްގަހުގެ ވެރިން ބޭނުންވާ ނަމަ، 15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ކުރިން އެ ރުއްގަސް އެތަނުން ނަގައިގެން ގެންދިޔުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ދެވިފައިވާ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ.     

                       

               29 ރަބީޢުލްއައްވަލް  1441ހ

              26 ނޮވެމްބަރ      2019 މ

 

26 ނޮވެންބަރު 2019