ދިވެހިރާއްޖެ
ނަންބަރު: (IUL)300-EC/300/2019/28
އިޢުލާން |
ރަށްވެހިގެ މަރާމާތު ކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ރ.ރަސްގެތީމު ރަށްވެހިގޭގެ ތިނބިން ފެންފައިބާތަން އިސްލާޙުކުރުމާއި، ސީލިންގުން ހަލާކުވެފައިވާ ޖިގްޝަންބޯޑުތަށް ބަދަލުކުރުމާއި، 2 ފާހާނާގެ ހުރިހާ ފިޓިންގްސް ބަދަލުކުރުމާއި ، 1 ދޮރުކަނި ބަދަލުކުރުމާއި ، ވަންނަ ބޮޑުދޮރު ލަކުޑިޔަށް ބަދަލުކުރުމާއި، ކޮންފަރެސް ރޫމަށް 3 ބޮކި އިތުރުކުރުމުގެ އިތުރުން ފާހާނާ ޖަންގުޝަން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1441 C 29
26 ނޮވެމްބަރ 2019
މިއިޢުލާން ގެޒެޓުގައި ޝާއިޢުކޮށްދެއްވުން އެދެން.