ދިވެހިރާއްޖެ
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް
މިނިސްޓްރީ އޮފް އާޓްސް،ކަލްޗަރ، އެންޑް ހެރިޓޭޖް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL)177/1/2019/80)
އިއުލާން
މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒްގެ 8 ވަނަ އަސްވާން އިންޓަނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެނޑް އާޓްސް ގައި ބައިވެރިވުމުގެ ފުރުސަތު
މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމްކުރައްވައިގެން 2020 ވަނަ އަހަރުގެ ފެބްރުއަރީ 14 އިން 24 އަށް މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އަސްވާން އިންޓަނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާޓްސް،ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފަންނާނުންނަށް ވަނީ ލިބިފައެވެ.
މިހަރަކާތްތަކުގައި ބައިވެރިކުރެވެނީ އެންމެ ގިނަވެގެން )އެޑްމިނިސްޓްޜޭޓަރުންނާއެކު( 12 ފަންނާނުންގެ ގްރޫޕަކަށެވެ. ބައިވެރިވާ ފަންނާނުންގެ ކެއުމާއި ތިބުން އަދި އެތެރޭގެ ދަތުރުފަތުރުގެ ޙަރަދު އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސަވާނެއެވެ. ނަމަވެސް، އިންޓަނޭޝަނަލް އެއަރފެއަރ، ފްރައިޓް އާއި މެޑިކަލް އިންޝުރަންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަންޖެހޭނީ ބައިވެރިވާ ފަރާތުންނެވެ. މީގެއިތުރުން ޕާރފޯމްކުރާ މިޔުޒިކަލް އިންސްޓްރުމަންޓްސް ވެސް ހަމަޖައްސަންޖެހޭނީ ބައިވެރިވާ ފަރާތުންނެވެ. ފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްތަކުގެ ޒިންމާތައް އެޕްލިކޭޝަން ފޯމް ގައި ބަޔާންކޮށްފައިވާނެއެވެ.
ވީމާ، އިސްވެދެންނެވުނު ޙަރަކާތްތަކުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 31 ޑިސެމްބަރ 2019 ވާ އަންގާރަވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެންމެ ފަހުން ރިކޯޑްކޮށްފައިވާ ލަވައިގެ ސީޑީ/ޑީވީޑީ އަދި އެންމެ ފަހުގެ ޕާސްޕޯޓް ފޮޓޯ [email protected] އަށް އީމެއިލްކުރައްވާއިރު [email protected] ކޮޕީކުރެއްވުނެ އެދެމެވެ.
27 ރަބީޢުލްއައްވަލް 1441
24 ނޮވެމްބަރ 2019