ދިވެހިރާއްޖެ
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މާލެ، ދިވެހިރާއްޖެ
ނަންބަރ: IUL)177-A2/1/2019/81)
އިޢުލާން
"އެއިޓްތު ރައުންޑު އޮފް ދަމަންހޫރު އިންޓަނޭޝަނަލް ފޯކް ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު
މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން އަންނަ އަހަރުގެ އޭޕްރީލް މަހުގެ 01 ން 07 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގައި ހިމެނޭނީ 12 މެމްބަރުންނެވެ. މިގްރޫޕްގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރު ފަތުރު ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު 3344667 އަށް ގުޅުއްވުން އެދެމެވެ.
29 ރަބީއުލްއައްވަލް 1441
26 ނޮވެމްބަރ 2019