ކުއްޔަށް ހިފުން
ނަންބަރު: GS209/IUL/2019/24
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 10 ޑިސެންބަރު 2019 11:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާބެހޭ

ނަންބަރ:GS209/IUL/2019/24

އިޢުލާން

 

2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާބެހޭ

    

01 ޖަނަވަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ. ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނަން ނޯޓްކުރެއްވުން އެދެމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ވީމާ، 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ޑިސެމްބަރ  2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

    

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

04 ޑިސެމްބަރު 2019

ބުދަ

މައުލޫމާތު ސާފްކުރުން

11:00

ފިޔޯރީ ސްކޫލް

10 ޑިސެމްބަރު 2019

އަންގާރަ

އަންދާސީ ހިސާބްހުށަހެޅުން

11:00

ފިޔޯރީ ސްކޫލް

 

 

 

 

 

 

މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ފިޔޯރީ ސްކޫލް

ގދ.ފިޔޯރީ

ފޯން: 7983086

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފިޔޯރީ ސްކޫލުގެ  ގެ ނަންބަރު 7983086   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2019