މަސައްކަތް
ނަންބަރު: (IUL)299/299/2019/47
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 08 ޑިސެންބަރު 2019 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ސްޕޯޓްސް އެރީނާ ފުޓްބޯޅަ ދަނޑުގެ ބިން ސާފުކުރުމާއި ގުޅޭ

އިޢުލާން

 

ރ.ވާދޫސްޕޯޓްސް އެރީނާ ފުޓްބޯޅަ ދަނޑުގެ ބިން ސާފުކުރުމާއިގުޅޭ

   ރ.ވާދޫ ސްޕޯޓްސް އެރީނާ ފުޓްބޯޅަ ދަނޑުގެ ބިން ސާފުކޮށް ލެވެލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)299/299/2019/44 އިޢުލާނާ ގުޅިގެން އަގު ހުށަހެޅުމަށް އެއްވެސް ފަރާތެއް ޙާޟިރުވެފައި ނުވާތީ އެއިޢުލާން ބާތިލްކޮށް، އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފާރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން މިފަދަ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

27 ނޮވެންބަރު 2019