ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2019/192
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 08 ޑިސެންބަރު 2019 12:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ޓު ޑިޒައިން އޮންޓަރޕުރިނިއަރޝިޕް އެންޑް ޕާރސަނަލް ސްކިލްސް ޓްރެއިނިންގ ކޯސް/ މޮޑިޔުލް؛ ޓްރެއިން ސެލެކްޓެޑް ޓްރެއިނާސް އެންޑް ރޯލްއައުޓް ދަ ކޯސް

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " ކޮންސަލްޓެންސީ ޓު ޑިޒައިން އޮންޓަރޕުރިނިއަރޝިޕް އެންޑް ޕާރސަނަލް ސްކިލްސް ޓްރެއިނިންގ ކޯސް/ މޮޑިޔުލް؛ ޓްރެއިން ސެލެކްޓެޑް ޓްރެއިނާސް އެންޑް ރޯލްއައުޓް ދަ ކޯސް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް: ކޮންސަލްޓެންސީ ޓު ޑިޒައިން އޮންޓަރޕުރިނިއަރޝިޕް އެންޑް ޕާރސަނަލް ސްކިލްސް ޓްރެއިނިންގ ކޯސް/ މޮޑިޔުލް؛ ޓްރެއިން ސެލެކްޓެޑް ޓްރެއިނާސް އެންޑް ރޯލްއައުޓް ދަ ކޯސް"

ބޭނުންވާ އަދަދު:    1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް، އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2019 ގެ މެންދުރު 12:00  ގެ ކުރިން ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ޓަރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026975 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

           

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]    ފޯން: 3026975

 

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

27 ނޮވެންބަރު 2019