ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2019/96
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 27 މޭ 2020 13:45
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުމާއި ގުޅޭ

އިޢުލާން

ބިދޭސީން ރެގިއުލަރައިޒޭޝަން ޕުރޮގްރާމްގައި ބައިވެރިކުރުމާއި ގުޅޭ        

           ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ހުއްދަނެތި،އަދި ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ މިފަދަ ބިދޭސީންނަށް އަމާޒްކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގަމުންގެންދާ "ރެގިއުލަރައިޒޭޝަން ޕުރޮގްރާމް" ގައި ބައިވެރވުމަށް "ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން" މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެޕޮއިންޓްމަންޓް މިއިދާރާއިން ދޫކުރަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައިއެވެ.

           ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުދަ ދުވަހުގެ 12:15 އިން 13:45 އާއި ދެމެދު މި އިދާރާއަށް ދުރުވެ އެޕޮއިންޓްމަންޓް ހައްދަމުން ގެންދެވުން އެދެމެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2019