ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮތޯރިޓީގެ ނަންބަރު: 61/IUL)221-HRS/221/2019) އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ، ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތައް ހިމެނޭ ގޮތަށް އެ މަގާމަށް އަލުން އިއުލާންކުރަމެވެ. ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.
މަޤާމް: |
އެސިސްޓެންޓް ޑިރެކްޓަރ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
|
މަޤާމުގެ ރޭންކް: |
MS 3 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ވަޒިފާއަދާ ކުރަންޖެހޭ ތަން: |
މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ |
|
އަސާސީ މުސާރަ: |
7,035.00ރ |
|
ސަރވިސް އެލަވަންސް: |
2,000.00ރ |
|
އެހެނިހެން އެލަވަންސް: |
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ) |
ލިވިންގ އެލަވަންސް: |
4,000.00ރ (ޕްރޮބޭޝަނަށް ފަހު) |
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ. |
||
މަޤާމުގެ އަސާސީ ޝަރުތު: |
1) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3) މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
އެހެނިހެން މަޢުލޫމާތު: |
މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް: - އެކައުންޓްސް - އޮޑިޓިންގ ތަޢުލީމީ ރޮނގުތައް: - އެކައުންޓްސް - އޮޑިޓިންގ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކައުންސިލްތައް ހިނގަމުންދަނީ ޤާނޫނާއި ޤަވާއިދާއި، ކައުންސިލް ހިންގުމަށާއި ކައުންސިލަރުން ޢަމަލުކުރަންވީ އުޞޫލުތަކާ އެއްގޮތަށްތޯ ބަލާ މޮނިޓަރ ކުރުން. 2. ކައުންސިލްތަކުން ބާއްވަންޖެހޭ ބައްދަލުވުންތަކަށް އެޖެންޑާ ލިޔެ ފޮނުވާތޯއާއި ޔައުމިއްޔާ ލިޔެ ފާސްކުރޭތޯ އާއި އަދި ޤާނޫނާއި ކައުންސިލްގެ ހިންގާ ޤަވާއިދާއި އެއްގޮތަށް ބައްދަލުވުން ބާއްވާތޯ އަދި ކުއްލި ބައްދަލުވުންތައް ބާއްވަނީ ކިހިނެއްތޯ ބެލުން. 3. ކައުންސިލް މޮނިޓަރ ކުރުމަށް ފަހު ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން ރިޕޯޓްތަށް އެކުލަވާލާ ކަމާއިބެހޭ ފަރާތްތަކާއި ޙިއްސާކޮށް، މޮނިޓަރިންގައި ފާހަގަ ކުރެވޭ ކަންތަކަށް އަޅަންވީ ފިޔަވަޅުތައް ދެނެގަނެ އޮތޯރިޓީގެ ސަމާލުކަމަށް އެކަންކަން ގެނައުން 4. ކައުންސިލްތަކުން ތައްޔާރުކޮށް އެކި އިދާރާތަކަށާއި އޮތޯރިޓީއަށް ފޮނުވަންޖެހޭ، ޤާނޫނުން ލާޒިމުކުރާ ލިޔެކިޔުންތައް އެކުލަވާލާނެ ގޮތުގެ ޓެމްޕްލޭޓްތައް ތައްޔާރުކުރުމާއި، ކައުންސިލްތަކުން ފޮނުވާ މިފަދަ ލިޔެކިޔުންތައް ފޮނުވާތޯ ބެލުން 5. ކައުންސިލްތަކުން ކުރުމަށް ތާރީޚު ކަނޑައަޅާފައިވާ ކަންކަން އެ ތާރިޚަށްކޮށް ނިންމާތޯ ބެލުމާއި، އެކަމާއިގުޅޭ ރިޕޯޓް އެކުލަވާލައި ކަމާއި ބެހޭފަރާތްތަކާއި ޙިއްސާކުރުން 6. ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް އެކުލަވާލާ ޕަރފޯމަންސް އިންޑެކްސްގެ ނަތީޖާ އިއުލާންކުރުން 7. ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްއިން ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ކަންގަތިއެވޯޑް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން 8. ކައުންސިލްތައް ހިންގުމާބެހޭ ޙަރަކާތްތައް އެކަށީގެންވާ ގޮތަށް ހިންގުމަށްޓަކައި އަމަލު ކުރަންވާ އުސޫލުތަކާއި ހާސިލުކުރަންވީ މަޤްޞަދުތަކާބެހޭ މަޢުލޫމާތު ކައުންސިލް ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް އެނގިފައިވާ މިންވަރު ބަލާ ރަނގަޅުކުރަންވީ ކަންކަން ކައުންސިލްތަކާއި ހިއްސާކުރުން 9. ކައުންސިލްތަކުގެ ހިންގުމާ ހަވާލުވެތިބޭ އިދާރީ އިސް ވެރިންގެ ބެލުމުގެދަށުން ކުރާ މަސައްކަތްތަކުގެ ހަރުދަނާކަމާއި ހިނގަމުންދާގޮތުގެ ފެންވަރު ގަވާއިދުން ބެލޭނެ މެކޭނިޒަމެއް ޤާއިމްކުރުމަށް ކައުންސިލްތަކަށް އެހީތެރިވުމާއި، އެ މަސައްކަތްތައް ބަދަލުވަމުން އަންނަ ހާލަތްތަކުގައި އެފަދަ ކަންތައް ބަލައި، ރިވިއުކުރަމުން ގެންދާނެ މެކޭނިޒަމެއް ކައުންސިލްތަކުގައި ޤާއިމްކުރުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުން 10. ސަރުކާރުގެ މުވައްސަސާތަކުން ބަލަހައްޓަންޖެހޭ ރެކޯޑްސް ފާހަގަކޮށް ކައުންސިލްތަކުގައި ރެކޯޑް ބަލަހައްޓާތޯބަލާ މުވައްސަސާތަކަށް ރެކޯޑް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުން 11. މޮނިޓަރިންގައި އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި ރައްކާކުރުމާއި އެހެނިހެން ގޮތްގޮތުންވެސް އެއްކުރެވޭ މަޢުލޫމާތާއި ތަފާސްހިސާބު ދިރާސާކުރުމާއި ރައްކާކުރުން 12. ކައުންސިލްތަކުން ނަގާ ފީތައް މޮނިޓަރކުރުން 13. ރަށްރަށުން ބަލަހައްޓަންޖެހޭ ދަފްތަރުތައް ބަލަހައްޓާނެ ނިޒާމެއް ކަނޑައަޅާ ކައުންސިލްތަކުން ދަފްތަރު ބަލަހައްޓާތޯ ބެލުން 14. ކައުންސިލްތަކުގެ މަސައްކަތް ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ތަންފީޒުކުރޭތޯ ބެލުން 15. ކައުންސިލްތަކުގެ ޚަރަދުކުރުމާއި އާމްދަނީ ހޯދުމުގައި ކައުންސިލްތަކުން އަމަލުކުރަނީ ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އެއްގޮތަށްތޯ ބަލާ، އެގޮތުގެ މަތީން ކައުންސިލްތަކުގެ ކަންކަން ރާވައި ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުން 16. ކައުންސިލްތަކުގެ ފައިސާ އާއި ބެހޭ ނިޒާމް ބަލައި، ޕޮލިސީތަކާއި އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރޮސީޖަރ ތަކާއި، އަދި ކޮންޓްރޯލްސްތައް ގެންގުޅެނީ ކިހިނެއްތޯ ބަލާ މޮނިޓާރ ކުރުން 17. ކައުންސިލްތަކުގެ ޕަބްލިކް ފައިނޭންސްއާއި ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި މަޢުލޫމާތާއި ހިސާބުކިތާބު އެއްކުރުމާއި، އެކަންކަމަށް ރިޢާޔަތްކޮށް ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން އެފަރާތްތަކަށް އެންގުން 18. ކައުންސިލްތައް އޮޑިޓްކުރުމަށް ފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތައް ދިރާސާކޮށް އޮތޯރިޓީން އަޅަންވީ ފިޔަވަޅުތައް ދެނެގަނެ އޮތޯރިޓީގެ ސަމާލުކަމަށް ގެނައުން. 19. އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަކީ އިންޓާނަލް އޮޑިޓްގެ އުސޫލުތަކަށް އަހުލުވެރި ކުރުމަށް ތަމްރީން ދީ އިންޓާނަލް އޮޑިޓް ރާވައި ހިންގޭނޭ ފެންވަރުގެ މުވައްޒަފުން ހެދުން. 20. އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާއި އަދި ކައުންސިލްތައް މޮނިޓަރ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ 5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ނޯޓް:
|
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީން: %40 - މަސައްކަތު ތަޖުރިބާ: % 12 - ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
|
އިތުރު މަޢުލޫމާތު: |
|