މަސައްކަތް
ނަންބަރު: GS102/IUL/2019/28
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 05 ޑިސެންބަރު 2019 13:00
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް މައިހޯލް އެލްމެނިއަމް ދޮރުލައި ބައްދާނެ ފަރާތެއް ހޯދުމަށް

 

  

ނޫމަރާ ސްކޫލް

 ނޫމަރާ ދިވެހިރާއްޖެ                                        ނަންބަރު: GS102/IUL/2019/28

 

އިޢުލާނު  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލްގެ މައި ހޯލް އަމިއްލަ ތަކެތީގައި އެލްމެނިއަމް ދޮރުލައި ބައްދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަޢުލޫމާތު ދިނުމުގެ ސެސަން

އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން

03 ޑިސެމްބަރ 2019   ހެނދުނު 10:30

05 ޑިސެމްބަރ 2019     މެންދުރުފަހު 13:00

                 

                   މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ސްކޫލްގެ މައިހޯލް އަމިއްލަ ތަކެތީގައި އެލްމެނިއަމް ދޮރުލައި ބަންދުކޮށް ދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                             30 ރަބީޢުލްއައްވަލް 1441

                             27 ނޮވެމްބަރ 2019

 

 

 

27 ނޮވެންބަރު 2019