ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ އޮފީސް ހިންގުމަށް، 3000 އާއި 4000 އަކަފޫޓް އާއި ދެމެދު ގެ އޮފީސް އިމާރާތެއް (1 ނުވަތަ 3 ފްލޯ)، މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މިދެންނެވިވަރުގެ ޖާގައިގެ އިމާރާތެއް ހ.ވެލާނާގެ ސަރަހައްދުން ހުށައަޅުއްވައިފިނަމަ އެތަނަކަށް އިސްކަންދެވޭނެއެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޕަރޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޕަރޭޝަންއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 9884778 ނަންބަރު ފޯނާއެވެ.
29 ރަބިއުލްއައްވަލް 1441
26 ޑިސެމްބަރ 2019