ދިވެހިރާއްޖެ
މިސެންޓަރުގެ ނަންބަރު 153-CMS/2019/02 (30 ސެޕްޓެމްބަރ 2019) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންގތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގްއިޝް ފުޅިތަށް ރިފީލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ޕްރެކްޓިކަލް ޓްރައިނިންގ ތަކުގައި ބޭނުންކުރާ ފަޔަރ އެކްސްޓިންގުއިޝް ފުޅިތަށް ހުސްވުމުން އެފުޅިތަށް ރިފީލް ކުރުން.
2- ހުސްވާ ފުޅިތަށް ރިފީލް ކުރުމަށް ގެންދިޔުމާއި ގެނައުމުގެ މަސައްކަތްކުރުން.
3- ފުޅިތަކުގެ މެއިންޓަނަންސް މަސައްކަތްތަށް ކުރުން.
4- ފުޅިތަކުގައި ބަދަލުކުރަންޖެހޭ ބައެއް ވާނަމަ، ނުވަތަ ފުޅި ބާވެފައި ނުވަތަ ހަލާކުވެ ބޭނުން ނުކުރޭވޭ ހާލަތުގައި ވާނަމަ، މި ސެންޓަރުގެ މަޝްވަރާ އާއިއެކު އެމަސައްކަތް ކުރުން.
މިމަސައްކަތުގެ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އެސްޓިމޭޓްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިމާލޭގައި (ކ.ވިލިނގިލި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
02 ޑިސެމްބަރ 2019 |
13:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345222 ނުވަތަ 3390681 ނަންބަރާ ގުޅުއްވުން އެދެމެވެ.