ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2019/90
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 10 ޑިސެންބަރު 2019 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓު ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

މި އިދާރާގެ ނަމްބަރު (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ. އަދި މިލިސްޓް މި އިދާރާގެ ކައުންޓަރުގައާއި، ދިވެހި ސަރުކާރުގެ ގެޒެޓުގައާއި އަދި މި އިދާރާގެ ރަސްމީ ފޭސްބުކު ޕޭޖުން ފެންނަށް ހުންނާނެއެވެ.

ވުމާއެކު، ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

ގޯތިތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، މި ލިސްޓަށް ގެންނަށްޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހު ގައެވެ.

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ނޮވެންބަރު 2019