ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ އޮފީސް މަރާމާތުކުރަން ބޭނުންވެއްޖެ.
މިސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބޭނުންވެގެން ކުރި އިޢުލާން ނަންބަރ: GS157/2019/IUL36 (18 ނޮވެމްބަރ 2019) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޛިރުވެފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ސްކޫލްގެ އޮފީސް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ނިޔަލަށް ނަން ނޯޓްކޮށް، ފެންފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
1 މި ސްކޫލްގެ އޮފީސް މަރާމާތުކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 27 ން 2019 ޑިސެމްބަރ 2 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 10:00އަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 02 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 8 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފެންފުށީ ސްކޫލް
އދ.ފެންފުށި
ފޯން:6680817
އީ-މެއިލް: [email protected]