ދިވެހިރާއްޖެ
ހިރިމަރަދޫ ސުކޫލް
ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ
ޢިއުލާން
މިސުކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސްކޫލުން ގެއެއް ކުއްޔަށް ހިފުމަށް 14 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS-88/IUL/2019/12 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޟިރުވެފައިނުވާތީވެ، އިއުލާން ބާތިލްކޮށް އަލުން 2ވަނަ ފަހަރަށް އެފުރުސަތު ހުޅުވާލަމެވެ. 2ކޮޓަރީގެ ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން އޮންނާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ.
ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހިރިމަރަދޫ ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ، މި ސްކޫލަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.
29 ރަބީއުލްއައްވަލް 1441
26 ނޮވެމްބަރ 2019