ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A2/1/2019/111
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 01 ޑިސެންބަރު 2019 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލު ބޮޑު ޗުއްޓީގައި ނައިޓްމާކެޓް ހިންގަން ހުޅުވާލުން

2019 ވަނަ އަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީގެ ތެރޭ މާލެ ސިޓީގައި ނައިޓްމާކެޓް ބޭއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް މި ކައުންސިލުން ނިންމައިފީމެވެ. އެ ގޮތުން ނައިޓްމާކެޓް ބޭއްވުމަށް މި ހުޅުވާލަނީ 10 ޑިސެމްބަރ 2019 ވަނަ ދުވަހުން ފެށިގެން 10 ޖެނުއަރީ 2020 ގެ ނިޔަލަށް މާލެސިޓީގެ މާލެއިންނާއި މާލެ ސިޓީގެ ހުޅުމާލެއިން އަދި މާލެ ސިޓީގެ ވިލިމާލެއިންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮންމެ ފަރާތަކަށް ގިނަވެގެން 7 ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތިންނެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ މާފަންނު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

01 ޑިސެމްބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާފަންނު އޮފީސް

ޕްރޮޕޯސަލް ހުށަހެޅުން

04 ޑިސެމްބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/މާފަންނު އޮފީސް

 

          މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ޕްރޮޕޯސަލް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

 

 29 ރަބީޢުލްއޫލާ  1441

26 ނޮވެންބަރު 2019

26 ނޮވެންބަރު 2019