ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2019/66
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 31 ޑިސެންބަރު 2019 00:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބިންބިމުގައި ރުއްގަސް އިންދުމާއި ގުޅޭ

އިޢުލާން

ރައްޔިތުންގެ ބިންބިމުގައި ރުއްގަސް އިންދުމާއި ގުޅޭ

 

 

 

           

               މިހާރަކަށް އައިސް މިރަށުގައި މީހުންގެ އަމިއްލަ ގޯތިތައް ފިޔަވައި އެހެނިހެން ބިންބިމުގައި ކައުންސިލްގެ ހުއްދަ އެއް ނެތި ރުއްގަސް އިންދަމުން ގެންދާކަން ވަނީ މި ކައުންސިލަށް ފާހަގަކުރެވިފައެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު އެބޭފުޅެއްގެ އަމިއްލަ ގޯތިތައް ފިޔަވައި އެހެނިހެން ބިންބިމުގައި ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި އެމީހެއްގެ އަމިއްލަ ގޯތިތައް ފިޔަވައި އެހެން ބިމެއްގައި ރުއްގަސް އިންދާފައިވާ ނަމަ ވީހާވެސް އަވަސް ފުރުސަތެއްގައި އެފަދަ ބިންބިމުގައިވާ ރުއްގަސް ނެގުމަށް ދަންނަވަމެވެ.

               ވީމާ،   31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިފަދަ ބިންބިމުގައި ކައުންސިލްގެ ހުއްދަ އެއް ނެތި އިންދާފައިވާ ރުއްގަސް އެ ރުއްގަހުގެ ވެރިފަރާތުން ނުނަންގަވާނަމަ،  ކައުންސިލުން އެފަދަ ރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2019