ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2019/65
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 27 ނޮވެންބަރު 2019 00:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ޤަވައިދާ ޚިލާފަށް ތަކެތި ބެހެއްޓުމާއި ގުޅޭ

އިޢުލާން

މަގުމަތީގައި ޤަވައިދާ ޚިލާފަށް ތަކެތި ބެހެއްޓުމާއި ގުޅޭ

 

 

 

           

                މިހާރަކަށް އައިސް ކައުންސިލް އިދާރާގެ ހުއްދަނެތި ޤަވައިދާ ޚިލާފަށް މަގުމަތީގައި އެކި ބާވަތުގެ ތަކެތި ބަހައްޓަމުންދާ ކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ކައުންސިލުން އެކުލަވާލައިފައިވާ " ހިމަންދޫގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ޤަވައިދު " އާއި ޚިލާފަށް މަގުމަތީގައި ތަކެތި ބަހައްޓަމުންގެންދިޔުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.  އަދި މަގުމަތީގައި ޤަވައިދާއި ޚިލާފަށް ތަކެތި ބަހައްޓަމުން ގެންދާ ފަރާތްތަކާއި މެދު  " ހިމަންދޫގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ޤަވައިދު " ގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެވާހަކަ ދަންނަވަމެވެ. އަދި މަގުމަތީގައި ތަކެތި ބަހައްޓަން ބޭނުންފުޅުވާ ފަރާތްތަކަށް މި ޤަވައިދުގައިވާ ގޮތުގެ މަތިން މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ އަށް އެދޭ ފޯރމް ފުރުއްވައި، ކައުންސިލް އިދާރާއަށް ހުށަހެޅުމުން އެކުލަވާލައިފައިވާ ޤަވައިދުގައިވާ ގޮތުގެމަތިން މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

              ވީމާ، މިހާރު ޤަވައިދާ ޚިލާފަށް މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ވީހާވެސް އަވަސް ފުރުސަތެއްގައި އެތަކެއްޗެއްގެ ވެރިފަރާތުން ނެންގެވުމަށް އަންގަމެވެ. އަދި މަގުމަތީގެ ސާފްތާހިރުކަމަށް ރަށުގެ ހުރިހާ ރައްޔިތުންވެސް އިސްކަންދީ މިރަށުގެ މަގުތައް ވީހާވެސް ސާފްތާހިރު ތަނަކަށް ހެއްދެވުމަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސް ކުރަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2019