ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-152-A/INDIV/2019/27
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 05 ޑިސެންބަރު 2019 10:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާނު

މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

         

2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 10 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓް ހުށައަޅުއްވަން ވާނެއެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅައި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ރަބީޢުލްއައްވަލް 1441

26 ނޮވެންބަރު 2019

26 ނޮވެންބަރު 2019