ދިވެހިރާއްޖެ
މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2019/6 (06 އޮކްޓުބަރު 2019) ގެ އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތައް ބަދަލުއައިސްފައިވާތީ މި ސެންޓަރުގެ ބޭނުމަށް ސަރވަރއަކާއި ބައެއް ހާރޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަންދާސީ ހިސާބު ހުށަހަޅަން އަލުން ހުޅުވާލަމެވެ.
މަޢުލޫމަތު ސާފުކުރުން |
ބީލަން ހުށަހެޅުން |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ( އެޓަރނީ ޖެނެރަލް އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ) |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ( އެޓަރނީ ޖެނެރަލް އޮފީސް، ވެލާނާގެ 6 ވަނަ ފަންގިފިލާ) |
ގަޑި : 2019 ނޮވެންބަރު 28 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް |
ގަޑި : 2019 ޑިސެންބަރު 02 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބީލަން ހުށަހަޅަން ޙާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
29 ރަބީޢުލްއައްވަލް 1441