ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2019/108
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 10 ޑިސެންބަރު 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

ބިން ކުއްޔަށް ދޫކުރުން.

 

ނިލަންދޫގައިކުރިން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރި ސަރަޙައްދުން (ވެޔޮދޮށު މަގުގެ ހުޅަނގުން، މިހާރު މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ސަރަޙައްދުގެ ދެކުނުގައިވާ މަގުގެ ދެކުނުފަރާތުން)  ޢާއްމުވިޔަފާރިކުރުމަށް 1,500 (އެއްހާސް ފަސްސަތޭކަ) އަކަފޫޓުގެ 10 ބިން، ވަޑާންގެ ވޯކްޝޮޕް ހެދުމަށް  1,200 (ބާރަސަތޭކަ) އަކަފޫޓުގެ 10 ބިން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ.

މި ބިންތަކުގެ އަގަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ އަކަފޫޓަކަށް މަހަކު 70 (ހަތްތަރި) ލާރިއެވެ.

މި ބިންތައް ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

  1. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 70% އިންސައްތަ.
  2. އިންވެސްޓްމަންޓަށް          10% އިންސައްތަ.
  3. އިންވެސްޓްމަންޓުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ މަންފާތަކަށް  5% އިންސައްތަ.
  4.  ތަޖުރިބާއަށް 15% އިންސައްތަ.

 

މި ބިންތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 3 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

 

ވީމާ، މި ބިންތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 10 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މިއިދާރާއަށް ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާނީ ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ބިމަކަށް ވަކިންނެވެ.

 

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ.

 

29 ރަބީޢުލްއައްވަލު 1441

26 ނޮވެންބަރު    2019

26 ނޮވެންބަރު 2019