ޢާންމު މަޢުލޫމާތު
ނަންބަރު: GS-154/IUL/2019/30
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 05 ޑިސެންބަރު 2019 13:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2020 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

             2020 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                  ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ

               

                  މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު ޖެނުއަރީ މަހުގެ 1 އަށް މަތީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ. ނަމަވެސް ސްކޫލަށް ވައްދަން އެދޭ އަހަރުގެ މާރިޗު މަހުގެ 31 ގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެއެވެ.

      ވީމާ، 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2020 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  28 ރަބީޢުލްއައްވަލް 1441

25 ނޮވެންބަރު 2019